ފެނަކަ އިން ކުންފުންޏަށް 5 މިލިއަން ދައްކަން އަމުރުކޮށްފި

Sat, 15 Jun 2024 11:50 AM

View on this article on adduLive

ފެނަކަ އިން ކުންފުންޏަށް 5 މިލިއަން ދައްކަން އަމުރުކޮށްފި

ޕްރައިވެޓް ކުންފުންޏަކަށް ފަސް މިލިއަނަށްވު ރެ ގިނަ ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.



މިދިޔަ ބުރާސްފަތީގައި ކޯޓުން ނެރުނު އެ އަމުރަކީ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅީ ފެނަކަ އުން މަސައްކަތް ކުރުވުމަށް ފަހު އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކައި ހުރުމުން އެ ފައިސާ އާއި ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލުންނަށް ކުރަން ޖެހުނު ހަރަދު ހޯދުމަށެވެ.

އިނޮވިކްސްއިން ހުށަހެޅި މައްސަލައިލައި ބުނެފައި ވަނީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ 5،183،684/84ރ. ނުދައްކައި އޮތް ކަމަށެވެ.

އެ މައްސަލާގައި ފެނަކައިން ވަނީ ދައުވާގެ އެއް ބަޔަށް އެއްބަސްވެ އެ ކުންފުނިން އިނޮވިކްސް އަށް ދައްކަން ޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެފަ އެވެ. ފެނަކައިން ވަނީ އިނޮވިކްސް އަށް ނުދައްކައި ހުރި ފައިސާ ދެއްކުމަށް އެއްބަސްވާކަމަށް ބުނެ ފޯމު ވެސް ހުށަހައިޅާފަ އެވެ.

އެ ހުުށަހެޅުމާ ގުޅިގެން ކޯޓުން ދައްކަން އެއްބަސްވި އަދަދަށް ފެނަކަ އިން ފައިސާ ދަައްކަން އަމުރުކޮށްފަ އެވެ. އެގޮތުން އަންނަ މަހުގެ 30 ގެ ކުރިން ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފެނަކަގެ މިހާރުގެ މެނޭޖްމަންޓުން ބުނެފައިވާ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައި އިރު، ކުންފުނި އޮތީ ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް ދަރުވާލައިފަ އެވެ. އެގޮތުން އުސޫލުތަކުން ބޭރު ގިނަ މަސައްކަތްތަކެއްކޮށް، އެފަދަ މަސައްކަތްތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ.

The post ފެނަކަ އިން ކުންފުންޏަށް 5 މިލިއަން ދައްކަން އަމުރުކޮށްފި appeared first on adduLIVE.



More from adduLive