މިއަދަކީ ރައީސް މުއިއްޒުގެ އުފަން ދުވަސް

Sat, 15 Jun 2024 11:10 AM

View on this article on adduLive

މިއަދަކީ ރައީސް މުއިއްޒުގެ އުފަން ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު 46 އަހަރު ފުރިއްޖެ އެވެ.



އެ މަނިކުފާނު އުފަންވެވަޑައިގަތީ ޖޫން 15، 1978 ގަ އެވެ. މާލެ އަށް އުފަން މުއިއްޒުގެ މަންމާފުޅަކީ ހުސްނާ އާދަމެވެ. އަދި ބައްޕާފުޅަކީ ޝެއިހް ހުސެއިން އަބްދުއްރަހުމާނެވެ.

ރާއްޖޭގެ ރައީސްކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވީ ނޮވެމްބަރު 17، 2023 ގަ އެވެ. އެ މަނިކުފާނަކީ ރާއްޖޭގެ 8 ވަނަ ރައީސެވެ. މުއިއްޒުގެ އަނބިކަނބަލުންނަކީ ސާޖިދާ މުހައްމަދެވެ. އެ ދެ ކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވީ މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެންމެ އިސްވެރިއަކަށް ހުންނެވި ރައީސް މުއިއްޒު ކުރިން ޕީޕިއެމާއި އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި އެވެ.

އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ލަންޑަން ޔުނިވަސިޓީ އާއި ލީޑްސް ޔުނިވަސިޓީން ތައުލީމި ހާސިލު ކުރައްވައިފަ އެވެ.

The post މިއަދަކީ ރައީސް މުއިއްޒުގެ އުފަން ދުވަސް appeared first on adduLIVE.



More from adduLive