ޓީޓީގެ ރައީސަކަށް އަނެއްކާ ވެސް އައްޔަ

Sat, 15 Jun 2024 10:56 AM

View on this article on adduLive

ޓީޓީގެ ރައީސަކަށް އަނެއްކާ ވެސް އައްޔަ

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި އަލީ ރަޝީދު (އައްޔަ) ކުރިމަތިލައްވައިފި އެވެ.އެސޯސިއޭޝަނުން ބުނީ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ވެސް އޭނަ އެކަނި ކަމަށެވެ. އައްޔަ އަކީ ޓީޓީ އެސޯސިއޭޝަނުން އަންނަ މަހު ފްރާސްގައި ފަށަން ހަމަޖެހިފައުވާ މި އަހަރުގެ އޮލިމްޕިކް ގޭމްސްގެ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަން ވެސް މެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 10 ގަ އެވެ.

އެސޯސިއޭޝަނުން ބުނި ގޮތުގައި މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެކެކެވެ. އެގޮތުން
ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި، އިބްރާހިމް ޝިއުރީ އެވެ. އޭނަ އަކީ މިދިޔަ ހަފުތާގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރި ބޭފުޅާ އެވެ.

އެސޯސިއޭޝަންގެ ހަޒާންދާރަކަށް އަހުމަދު ޝާޒިލް ކުރިމަތިލި އިރު ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ ފިރިހެން މެމްބަރަކަށް، އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް ކުރިމަތިލީ އިސްމާއިލް ސުޖާއު އެވެ.

The post ޓީޓީގެ ރައީސަކަށް އަނެއްކާ ވެސް އައްޔަ appeared first on adduLIVE.More from adduLive