ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވުނު

Wed, 24 Apr 2024 09:46 AM

View on this article on adduLive

ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޯރަމް ހަމައެއް ނުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ 09:00 އަށެވެ. އެހެންނަމަވެސް 09:30 ވީއިރުވެސް ޖަލްސާގެ ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންކަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ނުބާއްވާ ނިންމަވާލައްވާފައެވެ.

ކޯރަމް ހަމަނުވެގެން ޖަލްސާ ނުބާއްވާ ނިންމާލިއިރު، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުވެ އިންނެވިއެވެ. މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބުއަށް ދެ ސުވާލެއް ކުރުމަށް އެޖެންޑާ ކޮށްފައިވެއެވެ.

މީގެއިތުރުންވެސް މަޖިލީހުގައި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނީ އިންތިހާބު ކޮށްފައެވެ. މަޖިލިސް ރައިސް އަސްލަމް އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

The post ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވުނު appeared first on adduLIVE.



More from adduLive