އޭވިއޭޝަން އެކަޑެމީގައި އަލިފާނާ ގުޅޭ ސެޝަނެއް

Mon, 06 May 2024 08:52 AM

View on this article on adduLive

އޭވިއޭޝަން އެކަޑެމީގައި އަލިފާނާ ގުޅޭ ސެޝަނެއް

އައްޑޫ ގަމުގައި އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުން، ބޭސިކް ފަޔަ އެވެއާނަސް ސެޝަނެއް ހިންގައިފި އެވެ.



ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރުގައި ކުރިއަށް ގެންދިއަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އާއި ފަޔަ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެ އެވެ. އަދި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ މުވައްޒަފުންނަށް އުނގަންނައި ދީފައިވެ އެވެ.

އޭވިއޭޝަން އެކެޑަމީގެ 14 މުވައްޒަފުން ބައިވެރިވި ސެޝަންތައް ނަގައި ދިނީ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަފައިޓަރުންނެވެ.

The post އޭވިއޭޝަން އެކަޑެމީގައި އަލިފާނާ ގުޅޭ ސެޝަނެއް appeared first on adduLIVE.



More from adduLive