އައްޑޫގައި އާރްޑީސީގެ އޮފީހެއް ހުޅުވައިފި

Fri, 19 Apr 2024 05:13 PM

View on this article on adduLive

އައްޑޫގައި އާރްޑީސީގެ އޮފީހެއް ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީހެއް ހުޅުވައިފި އެވެ.



މި އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވާއިރު އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން 100 ކިލޯ މީޓަރުގެ ތެރެއިން 60 މީޓަރުގައި ސިމެންތި ލޭޔަރެއް އަޅައިގެން ހެދި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އާރްޑީސީއާ އެވެ. މިއީ 18 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

The post އައްޑޫގައި އާރްޑީސީގެ އޮފީހެއް ހުޅުވައިފި appeared first on adduLIVE.



More from adduLive