"ބާހްބަލީ" ގެ އާ އެނިމޭޓެޑް ސީރީޒެއް މި މަހު

Thu, 02 May 2024 06:04 PM

View on this article on adduLive

"ބާހްބަލީ" ގެ އާ އެނިމޭޓެޑް ސީރީޒެއް މި މަހު

އިންޑިއާގެ މަގުބޫލު ފިލްމު "ބާހްބަލީ" ގެ އާ އެނިމޭޓެޑް ސީރީޒް "ބާހްބަލީ: ކްރައުން އޮފް ބްލަޑް" ގެ ޓްރެއިލާ ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.



ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މި ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ.

"ބާހްބަލީ: ކްރައުން އޮފް ބްލަޑް" އަކީ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ދެ ބަޔަކަށް ގެނެސްދިން ދެ ފިލްމުގެ މައިގަނޑު ކެރެކްޓާތައް ކަމަށްވާ ބާހްބަލީ އާއި ބައްލާދޭވް މަހިޝްމަތީގެ ތަހުތަށް ކުރާ ވާދައިގެ މައްޗަށް ބިނާކޮށް ރާޖަމޯލީ އިސްކޮށް ހުރެގެން ހަދާފައިވާ އެއްޗެކެވެ.

ފިލްމުގައި "ބާހްބަލީ" ގެ ކެރެކްޓާ ކުޅުނީ ޕްރަބާސް އެވެ. އަދި ނެގަޓިވް ކެރެކްޓާ ބައްލާދޭވްގެ ރޯލު ކުޅުނީ ރާދަ ދަގޫބަތީ އެވެ. އިންޑިއަގެ ސިނަމާގެ ވަރުގަދަކަން ހުޅަނގަށް ސާބިތުކޮށް ދިން "ބާހްބަލީ: ދަ ބިގިނިން" 2015 ގައި ގެނެސްދިނުމަށް ފަހު "ބާހްބަލީ: ދަ ކޮންކްލޫޝަން" ރިލީޒްކުރީ 2017 އެވެ. މި ދެ ފިލްމަކީ ވެސް އިންޑިއާގެ ސިނަމާގައި އާ ރެކޯޑްތަކެއް ހެދި ފިލްމުތަކެކެވެ.

"ބާހްބަލީ" އަށް ބިނާކޮށް "ބާހްބަލީ: ކްރައުން އޮފް ބްލަޑް" ގެ ނަމުގައި އެނިމޭޓެޑް އާ ސީރީޒެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު "ބާހްބަލީ: ދަ ލޮސްޓް ލެޖެންޑްސް" ގެ ނަމުގައި 2017-2020 އަށް އެމެޒޯން ޕްރައިމް ވީޑިއޯ އިން ވެސް އެނިމޭޓެޑް ސީރީޒެއް ގެނެސްފީފައިވެ އެވެ.

ފަސް ސީޒަނަކަށް ގެނެސްދިން ސީރީޒްގައި 72 އެޕިސޯޑް އެކުލެވެ އެވެ.

"ބާހްބަލީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު ރާޖަމޯލީ ދެން ގެނެސްދިނީ އަދި މާ ކާމިޔާބު ފިލްމެކެވެ. އެއީ 2022 ގެ "އާރްއާރްއާރް" އެވެ.

The post "ބާހްބަލީ" ގެ އާ އެނިމޭޓެޑް ސީރީޒެއް މި މަހު appeared first on adduLIVE.



More from adduLive