ތޮއްޑޫގެ މަގުތައް ހަދަން ފަށައިފި

Fri, 19 Apr 2024 10:12 AM

View on this article on adduLive

ތޮއްޑޫގެ މަގުތައް ހަދަން ފަށައިފި

އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފި އެވެ.



އެ މަސައްކަތް ފަށްޓަވައި ދެއްވީ ތޮއްޑު އަށް ނިސްބަތްބާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްެވެ.

ތޮއްޑޫގެ މަގުތައް ހަދަން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ގަ އެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 2.5 ކިލޯމީޓަރުގެ 4 މަގު ޒަމާނީ ފެންވަރަށް ހަދާނެ އެވެ. މަސައްކަތް ނިންމަން ދީފައި ވަނީ 730 ދުވަހެވެ.

އާރްޑީސީން މިސްރާބު ހިފާފައިވާ ވަނީ ލުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށާއި އެކަން ވާނެ ކަމަށެވެ. އެގޮތުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަ ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރު ވަނީ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ރާއްޖޭގެ ކަރާ ހެއްދުމަށް އެންމެ މަޝްހޫރު އަދި މިހާރު ލޯކަލް ޓޫރިޒަމް ފުޅާވަމުން އަބންނަ ތޮއްޑޫގެ މަގުތައް ހަދަން އާރްޑީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިމަޝްރޫއުގެ ދަށުން ތޮއްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ވެސް ހަރުކުރާނެ އެވެ. މި މަޝްރޫއަށް 77.4 މިލިޔަން ރުފިޔާ ހަރަދުވާނެ އެވެ.

The post ތޮއްޑޫގެ މަގުތައް ހަދަން ފަށައިފި appeared first on adduLIVE.



More from adduLive