ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމި އޮންނާނަން: ބީއެމްއެލް

Mon, 29 May 2023 10:07 PM

View on this article on adduLive

ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމި އޮންނާނަން: ބީއެމްއެލް

ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސްޓުމްކަ ވިދާޅުވީ މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރާ ކަމަށާއި އެއީ ހުއްޓުވޭނެކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ބީއެމްއެލް އިން މަސައްކަތް ކުރަމުން ދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ. އަޅުގަނޑުމެންގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން އަޅުގަނޑުމެންނާއެކު ބޭންކިން މުއާމަލާތް ކުރަން 'ޖެހޭ' ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެނާއެކު ބޭންކިން މުއާމަލާތް ކުރަން 'އެދޭ' ބަޔަކަށް ބަދަލުކޮށްގެން. އަދި މި ބަދަލު ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަންޖެހޭ." ސީއީއޯ ވިދާޅުވި އެވެ.

ސްޓުމްކަ ވަނީ ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފަ އެވެ.

"މިއަހަރު، ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ވަަރަށް ބޮޑަށް ދަށްކުރެވި، 5 ޕަސެންޓަށް ހަމަޖައްސާފައި. އަދި ދައްކަން ޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހުފީ ދެ ޕަސެންޓަށް ދަށްކޮށްފައި. ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑެއް ނުކުރޭ. މީގެ ބަދަލުގައި ބޭންކުންވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފައި." އޭނާ ވިދާޅުވި އެވެ.

މިރޭގެ އަހަރީ ޖަލްސާގައި ވަނީ މިދިޔަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.

The post ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމި އޮންނާނަން: ބީއެމްއެލް appeared first on adduLIVE.



More from adduLive