މުދަލުގެ ޒަކާތާ މެދު ހޭލުންތެރިކަން ކުޑަ: ޚުތުބާ

Fri, 26 Apr 2024 01:02 PM

View on this article on adduLive

މުދަލުގެ ޒަކާތާ މެދު ހޭލުންތެރިކަން ކުޑަ: ޚުތުބާ

މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.



ޒަކާތާއި އިގުތިސާދާ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް މިއަދު އިއްވި ޙުތުބާގައި ބުނީ ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ އެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި ތިމާ އަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ އެވެ. ހަމަމިއާ އެކީ މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅު ހަދާ ބަޔަކު ވެސް އުޅޭކަމަށް ހުތުބށގައި ބުންޏެވެ.

"މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާ އިން ބަރީޢަވޭނެ."

ޒަކާތް ނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާ އިރު، ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ. އަދި ހަމައެހެންމެ ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް ވެސް ގޮވާލާފައިވެ އެވެ.

ޙުތުބާގައި ބުނީ ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށްވާ ޒަކާތަކީ ފަގީރުކަން ނައްުތައިލެވޭނެ ކަމެއް ކަމަށާއި އެއީ އިގުތިސާދީ ހާލަތު ވެސް ރަނގަޅުކޮށް ދޭނެ ކަމެއް ކަމަށެވެ. ޙުތުބާގައި ބުނީ ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށެވެ. އެހެންވެ، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ޙާލަތެއް ނޫން ކަމަށާއި ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ ކަމަށެވެ.

ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ކަމަށާއި މީގެ ސަބަބުން މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު ކުޑަކޮށްދޭ ކަމެއް ޙުތުބާގައި ބުންޏެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުން ކަމށާއި ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ޙުތުބާގައި ބުންޏެވެ.

އެ ޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.

އިސްލާމްދީ ނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައި ދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫން ކަމަށާއި ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއްކަން ހުތުބާފައި ފާހަގަކުރި އެވެ.

"ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެން. ވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިން." ހިތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެ، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށްވެގެން. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް. ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެއް. ފަޤީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ޙާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި، ހޭދަކުރަންޖެހޭ އެއްޗެއް." ހުތުބާގައި ބުންޏެބެ. "
ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވޭ. މިގޮތުން، އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިޞާދު ސަލާމަތްވުމަށް މަގުފަހިވޭ."

އެހެންވެ ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައި މީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެންކަން ހުތުބާގައި ތަކުރާރުކޮށް ހަނދާންކޮށް ދީފައިވެ އެވެ. އަދި ޒަކާތަކީ މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައި މީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުން ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

The post މުދަލުގެ ޒަކާތާ މެދު ހޭލުންތެރިކަން ކުޑަ: ޚުތުބާ appeared first on adduLIVE.



More from adduLive