މާލެ ކައުންސިލުން އީދަށް 200 ބަކަރި ކަތިލަނީ

Sat, 27 May 2023 09:08 AM

View on this article on adduLive

މާލެ ކައުންސިލުން އީދަށް 200 ބަކަރި ކަތިލަނީ

ކުރިއަށް އޮތް ބޮޑު އީދުގައި މާލެ ސިޓީ ކައުންސިލުން 200 ބަކަރި ކަތިލާން ހަމަޖެހިފައިވާތީ ބަކަރި ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް އަންނަ ހޯމަދުވަހުގެ 12:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުންޏެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3025487 އިން ހޯދޭނެ އެވެ.

އަޟހާ އީދުގެ މުނާސަނަތުގައި 200 ބަކަރި ކަތިލައި އޭގެ މަސް އާންމުންނަށް ހަދިޔާކުރަން ކައުންސިކުން ވަނީ ނިންމައިފަ އެވެ. އަދި މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސްޕޮންސަރުންގެ އެހީގައި ކަމަށް މާލެ ކައުންސިލުން ބުންޏެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން މަހުގެ 28 އެވެ.

The post މާލެ ކައުންސިލުން އީދަށް 200 ބަކަރި ކަތިލަނީ appeared first on adduLIVE.



More from adduLive