ޒީޓައިމްސް ބަދިގެ: ލައިމް ކަސްޓަރޑް ވިތް ލައިޗީ

Fri, 21 Jun 2024 01:40 AM

View on this article on XeeTimes

ޒީޓައިމްސް ބަދިގެ: ލައިމް ކަސްޓަރޑް ވިތް ލައިޗީ

ބޭނުންވާތަކެތި:



ލުނބޯތޮށި މަށާފައި ކުދިކުދިކޮށް ގާނާފައި

ބައިޖޯޑު ހަކުރު އަދި 1 ސަމުސާ ހަކުރު

ދެޖޯޑުބައި ހެވީކްރީމް ދެބަޔަށް ބައިކޮށްފައި

ތިންބައިކުޅައެއްބައި ޖޯޑުގެ ލުނބޯ ޖޫސް

15 އައުންސް ލައިޗީ

ދެއިނގިލިކުރިން ހިފާލެވޭވަރުގެ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ބައިޖޯޑު ހަކުރާއި ގާނާފައިހުރި ލުނބޯތޮށި އަދި ހެވީކްރީމްއާއި ލޮނުކޮޅު އެއްކޮށްގެން މަޑުގިނީގައި 5 މިނިޓް ކައްކާލާށެވެ. އެއަށްފަހު ކުޑަކޮށް އޮލަވާން ފެށުމުން އުނދުން ނިއްވާލާނީއެވެ. ދެން މަޑުމަޑުން ލުނބޯ ޖޫސް އަޅައިގެން އެއްކޮށްލާނީއެވެ. ހިހޫވުމުން ތަށިތަކަށް އެޅުމަށްފަހު ބަހައްޓާނީއެވެ. ދެން ބާކީ ހުރި ކްރީމް އަދި 1 ސަމުސާ ހަކުރު އެއްކޮށްލައިގެން ގިރާލާށެވެ. އެއަށްފަހު އެއްކުރެވުނު ކްރީމް މައްޗަށް އަޅާލުމަށްފަހު މަޑުމަޑުން ފަހަރަކު ތައްޓަކަށް ލައިޗީ އަޅާށެވެ. 

The post ޒީޓައިމްސް ބަދިގެ: ލައިމް ކަސްޓަރޑް ވިތް ލައިޗީ appeared first on XeeTimes.



More from XeeTimes