އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފެށުން

Sun, 20 Oct 2024 09:16 PM

View on this article on XeeTimes

އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފެށުން

އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭ.ސީ.އައި)ގެ "އެއަރޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ" ޕްރޮގްރާމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދަނީ ކުރިއަށްގެންދަމުންނެވެ.



މިއެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭ.ސީ.އައިގެ އެޕެކްސް ޓީމް ލީޑަރ ގޭރީ ބައުޑަން އަދި އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަޤުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.

" ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއަރޕޯޓު ޒަމާނީ ފެންވަރަށް ދަނީ ތަރައްގީކުރަމުން. މި އެއަރޕޯޓުގެ ޚިދުމަތްތައް ހޯދާ އެއަރލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް. އެގޮތުން މިފެށި އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއް. މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ". ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީ.އައި.އޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށެވެ. އެގޮތުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭ.ސީ.އައި)، އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއަރޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

The post އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފެށުން appeared first on XeeTimes.



More from XeeTimes