ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން

Thu, 18 Apr 2024 07:52 PM

View on this article on XeeTimes

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން

ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް (ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް) ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު ރސ 5012، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު ޢައްޔަންކުރައްވައިފިއެވެ. މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ވަނީ ޢައްޔަންކުރައްވާފައެވެ.



[See image gallery at www.xeetimes.com]

The post ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން appeared first on XeeTimes.



More from XeeTimes