މުސްލިމުން ރޯދައަށް ތިބޭތީ މުސްލިމް ނޫން ކުއްޖެއް ދެއްކި ރީތި ނަމޫނާ

Tue, 26 Mar 2024 09:14 PM

View on this article on XeeTimes

މުސްލިމުން ރޯދައަށް ތިބޭތީ މުސްލިމް ނޫން ކުއްޖެއް ދެއްކި ރީތި ނަމޫނާ

މެލޭޝިއާއަކީ މުސްލިމު ގައުމަކަށްވެފައި އެތަނުގައި ދިރިއުޅޭ މުސްލިމުންނެކޭ އެއްގޮތަށް މުސްލިމު ނޫން މީހުންގެ ފަރާތުން ފެނިގެންދާ ރީތި އާދަކާދަތަކެއް ހުރެއެވެ. ރޯދަ މަހެއްގައިނަމަ މުސްލިމުން ކުރިމަތީގައި ކެއުމަކީ އެމީހުންނަށް ލަދުވެތި ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ. އެކަހަލަ ރީތި އާދަކާދަތައް ފެނިގެން ގޮސްފައިވުމުން މެލޭޝިއާގެ މުސްލިމުން އެކަމަށްޓަކައި އެމީހުންނަށް ތައުރީފުކުރެއެވެ. އަނެކާއަށް އިހްތިރާމް ކުރަންޖެހޭނެކަމާއި އިހްރިތާމް ކުރުމަކީ ކިހާ މާތްވެގެންވާ ސިފައެއްކަން އެމީހުންގެ ކިބައިން ފެނިގެން ގޮސްފައިވެއެވެ. މި އާދަކާދައަކީ ކުރިއްސުރެވެސް ހަރުލާފައިވާ އާދަކާދައެކެވެ.



ރޯދަމަހު ރޯދަ ވީއްލުންތައް ތައްޔާރު ކުރަމުންދާއިރު މުސްލިމު ނޫން މީހުންގޮސް އެތަނުން ކާއެއްޗެހި ގަންނައިރު ރޯދަ ވީއްލާގަޑި ޖެހެންދެން ނުކައި މަޑުކުރާކަންވެސް ފާހަގަވެއެވެ. މިގޮތުން ވަރަށް ފަހުން މެލޭޝިއާގެ ޕްރައިމަރީ ސްކޫލެއްގައި ހިގި ހާދިސާއެއް ހިއްސާކޮށްލާނަމެވެ.

އާދައިގެ މަތީން އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މެލޭޝިއާގެ ޕްރައިމަރީ ސްކޫލެއްގައި އުޅޭ 'ސިޔާފިގް އިޒްޔާން ކަސިމް' އަކީ އަބަދުވެސް ކްލާސްތެރޭގައި އެހެން ކުދިންނަށް އެހީތެރިވެދީ އެހެން ކުދިންނަށް އިހްތިރާމްކުރާ ކުއްޖެކެވެ. ކުދިންގެ އިހްސާސްތައް ދެނެގަނެ ކުއްޖަކަށް ދެރަކަމެއް ދިމާވެއްޖެނަމަވެސް އެކަމާމެދު ކަންބޮޑުވާ ކުއްޖެކެވެ. މިކުއްޖާއަކީ މުސްލިމް ކުއްޖެއް ނޫންނަމަވެސް މުސްލިމު ކުދިންނަށް އިހްތިރާމްކުރާ ކުއްޖެކެވެ.

Advertisement

ކްލާސް ޓީޗަރު މެންދުރުގެ ކެއުން ކާން ވަގުތު ދިނުމުން މިކުއްޖާ ފެނުނީ ފާރާއި ދިމާލަށް އެނބުރި ކާން އިންދައެވެ. ޓީޗަރު ހައިރާންވެލާފައި ކައިރިއަށްގޮސް ބަލާލިއިރު އެކުއްޖާ ކާން އިނީ ވަރަށް ސިއްރު ސިއްރުންނެވެ. ޓީޗަރު އެކުއްޖާ ކައިރިއަށް ގޮސް އަހާލުމުން ބުނީ ރޯދަމަހު އޭނާގެ މުސްލިމް ރައްޓެހިން ނުކާތިބޭއިރު އެކުދިންގެ ކުރިމަތީގައި ކެއުމަކީ ބޭއަދަބީ ކަމެއްކަމަށެވެ. އޭނާއަށް މުސްލިމް ކުދިންގެ އިހްސާސްތައް ދަނެގަންނަން އެނގޭތީ ކްލާސްޓީޗަރު ހުރީ ވަރަށް ހައިރާންވެފައެވެ. އޭނާގެ މުސްލިމް ރަހްމަތްތެރިއަކު އޭނާ އާއި ކައިރިވެލާފައި ބުނެލިއެވެ. "ތިއީ އެއްވެސް މައްސަލައެއް ނޫން..". ކުރިމަތީގައި ކެޔަސް ބުޔަސް ބަނޑުހައިނުވާ ކަމަށާއި އަދި ކާހިތްވެސް ނުވާ ކަމަށް ބުންޏެވެ. އެއަށްވުރެ އީމާންތެރިކަން މާގަދައެވެ. ރޯދަވެރިންނަކީ ހިތްވަރުގަދަ އީމާންތެރިކަން ގަދަ ބައެއްކަން ސާބިތުވާނެ އެތައް ހެކިތަކެއްވެސް ފެންނަން އެބަހުއްޓެވެ. އެކަމަކު އެކުއްޖާ އެދެއްކި ރީތި މިސާލުން އެކުއްޖާއާމެދު މުސްލިމު ރައްޓެހިން ފަޚުރުވެރިވެއެވެ.

މައުލޫމާތު: ސްޓާ ނިއުސް

މިލިޔުން ކިޔާލުމުން
+1
4
+1
18
+1
47
+1
1
+1
2
+1
1
+1
0


More from XeeTimes