ރަނގަޅު ސްޕޯޓްސް ބްރާއެއްގެ މުހިއްމުކަން

Mon, 05 Jun 2023 08:56 AM

View on this article on XeeTimes

ރަނގަޅު ސްޕޯޓްސް ބްރާއެއްގެ މުހިއްމުކަން

ދުޅަހެޔޮ ސިއްހަތެއް ބޭނުންވާ ކޮންމެ މީހަކުވެސް އެމީހެއްގެ ސިއްހަތަށް ބަލައެވެ. ވެވުނު މިންވަރަކުން ފައިދާހުރި ރަނގަޅު ކާނާ ކައެވެ. ކަސްރަތު ކުރެއެވެ. ފަހަކަށްއައިސް އަހަރެމެންގެ ތެރޭގައި ކަސްރަތަށް ޖެހިފައިވާ ލޯބި ބޮޑެވެ. އަދި ހަމައެހެންމެ މިކަންކަމަށް މީހުންގެ ލޯހުޅުވިފައި އޮންނަ މިންވަރުވެސް ބޮޑެވެ. ފަތިހު ދުވަންދިއުން ނުވަތަ މޫދަށްގޮސް ފަތާލަން ދިއުންފަދަ ކަންކަމަކީ ވަރަށް ގިނަ މީހުން ކުރާ ކަންކަމެވެ. މީގެ ތެރޭގައި ކަސްރަތު ކްލާސްތަކަށްދާ މީހުންވެސް މަދެކޭ ބުނެވޭކަށް ނެތެވެ. ބައެއް މީހުން ކަސްތަރު ކުރަނީ ހިކޭށެވެ. އަނެއްބަޔަކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށެވެ.



ކަސްރަތު ކުރުމަށް ބޭނުންވާ ސާމާނު ހޯދާއިރު ވިސްނަންޖެހޭ ކަންކަން ހުރެއެވެ. އަރާ ބޫޓާއި ލާހެދުމަކީވެސް އެންމެ އެކަށޭނަ އެއްޗިއްސަށް ވާންޖެހެއެވެ. ތަޖުރިބާކާރެއްގެ ލަފާގެ މަތީން ގަންނަންޖެހޭ ބްރޭންޑް އެނގިދާނެއެވެ. އެހެންނަމަވެސް ގޭގައި ޔޫޓިއުބް ބަލައިގެން ނުވަތަ އަމިއްލައަށް ޕާކްތަކަށް ގޮސް ކަސްރަތު ކުރާ މީހުންނަށް މިކަންކަން ނޭނގި އޮވެދާނެއެވެ. އަންހެނަކު ނަމަ ވިސްނަންޖެހޭ ވަރަށްގިނަ ކަންކަން ހުރެއެވެ. ކަސްރަތަށްދާއިރު އަޅާނެ ރަނގަޅު ބްރާއެއް ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި ހަމައެހެންމެ އަޅާ ބްރޭންޑްތަކަކީ އެމީހަކަށް ފަސޭހަ، އެހާ އަގުބޮޑު ނޫން ބްރޭންޑަކަށް ބަލަންޖެހެއެވެ.

ކަސްރަތަށްދާއިރު ރަނގަޅު ސްޕޯޓްސް ބްރާއެއް މުހިއްމުވަނީ ބައްޓަމަށް ބަދަލުއައިސް ލިބިދާނެ އިތުރު ގެއްލުމަކުން ރައްކާތެރިވުމަށްޓަކައެވެ. އުރަމަތީގައި ހުންނަ ޓިޝޫތަކަށް ގެއްލުންލިބި މަސްގަނޑު ހަލާކުވުމަށް މަގުފަހިވެގެން ހިނގައިދާނެކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ.

Advertisement

އާދައިގެ ބްރާއަށްވުރެ ސްޕޯޓްސް ބްރާގައި ރައްކާތެރިކަން ބޮޑެވެ. ކަސްރަތު ކުރާއިރު ވަކިކަހަލަ ބްރާއެއް އެޅުމަށް ސިއްހީ މާހިރުންވެސް ލަފާދެއެވެ. ދުވެއުޅޭއިރު "މޫވްމެންޓް އަންނާތީ" އުރަމަތި އެލުންފަދަ ކަހަލަ ކަންކަން ދިމާވުމުން ރައްކާތެރިވާންޖެހެއެވެ. އޭގައި ހުންނަ ބައްޓަން ގެއްލުން ކަހަލަ ކަންކަން ދިމާވުމުން ރައްކާތެރިވުމަށް ސަމާލުވާން ޖެހެއެވެ. ސްޕޯޓްސް ބްރާގައި ހުންނަ ސްޕޮންޖުތަކަކީވެސް އެހުރިހާ ކަމަކަށް ބަލާފައި ހަދާފައި ހުންނަ އެއްޗެކެވެ. ރަނގަޅު ބްރާއެއް ހޯދުމަކީ ކުރެވޭ ރަނގަޅު އިންވެސްޓްމެންޓެކެވެ. އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން މިކަމަށް ވިސްނާލާށެވެ. ބޭނުންކުރަން ރަނގަޅު ބްރޭންޑްތަކުގެ މައުލޫމާތުވެސް މިލިއުމާއެކު ހިމަނާލާނަމެވެ.

ނައިކް ބްރޭންޑްގެ ސްޕޯޓްސް ބްރާއެއް

ނައިކް:

މިބްރޭންޑަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކަމުދާ ވައްތަރުތަކުގެ ޑިޒައިން ހުންނަ ބްރޭންޑެކެވެ. ބޮޑަށް ހިފެހެއްޓިފައި ހުންނަގޮތަށް ބޭނުންވާނަމަ އެކަމަށްވެސް ބަލާލަން ގިނަ ވައްތަރުތައް ހުރެއެވެ. ޔޯގާ ހަދަން ބޭނުންވާ މީހުންނަށް ބޭނުންވާ ވައްތަރާއި ދުވާ މީހުންނަށް ބޭނުންވާނެ ވައްތަރުތައްވެސް ތަފާތުވާނެއެވެ. އެމީހެއްގެ ހަށިގަނޑު ހުންނަގޮތުން އެހާ ބާރުކޮށް އަޅައިގެން އުޅެން އުދަގޫވާ މީހުން ތިބެއެވެ. އެހުރިހާ ކަމަކަށް ބަލާއިރުވެސް މިބްރޭންޑް ވަރަށް ކަމުދާނެއެވެ. އަގުގެ ގޮތުން އެހެން ބްރޭންޑްތަކާ އަޅާ ބަލާއިރު ކުޑަކޮށް އަގުބޮޑުވެދާނެއެވެ. އެހެންނަމަވެސް މިއީ ރަނގަޅު އިންވެސްޓްމެންޓަކަށް ވާނެއެވެ.

ސޮނީސްޕޯޓްސް އިން ވިއްކާ އެޑިޑަސް ބްރޭންޑްގެ ސްޕޯޓްސް ބްރާއެއް

އެޑިޑަސް:

މިއީ އަގުގެ ގޮތުން ބަލާއިރު އަގުހެޔޮ އަދި ގިނަ މީހުންނަށް ގަނެވޭނެ ބްރޭންޑެކެވެ. މިބްރޭންޑުގައިވެސް މީހުން ބޭނުންވާ ބައްޓަމަށް ހުންނަ ތަފާތު ކުލަތައް ލިބެން ހުރެއެވެ. އަދި މިބްރޭންޑަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް ލިބެން ހުންނަ ބްރޭންޑެކެވެ. މިބްރޭންޑުގައި ބޮޑެތި ސައިޒުތައް ހޯދަން ފަސޭހައެވެ. ފަލަ މީހުންނަށް ގިނަފަހަރަށް ސައިޒު ހޯދަން އުދަގޫވެއެވެ. އެހެންނަމަވެސް މިއީ ހުރިހާ ގޮތަކަށް ބަލާނަމަ ގިނަ މީހުންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.

ޕޫމާ ބްރޭންޑްގެ ސްޕޯޓްސް ބްރާއެއް

ޕޫމާ

މިއީ ގިނަދުވަހު ގެންގުޅެވޭ އަދި ބުރަކޮށް ކަސްރަތުކުރާ މީހުންގެ މެދުގައި މަޝްހޫރު ބްރޭންޑެކެވެ. އަދި 'އެތްލީޓުން'ގެ މެދުގައިވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިބްރޭންޑަކީ ވަރަށް 'ސްޓައިލިޝް' ބްރޭންޑެއްވެސް މެއެވެ. ގިނައިރު އަޅައިގެން އުޅޭއިރު ދާހިތްލުމުންވެސް އުދަގޫ ނުވާގޮތަށް ހަދާފައި ހުންނަ ވަރަށް ފަސޭހަ އަދި މީގެ ޑިޒައިންތައްވެސް ވަރަށް ރީތިވާނެއެވެ. މިބްރޭންޑަކީ ޒުވާންކުދިންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ. 

ރީބޮކް ބްރޭންޑްގެ ސްޕޯޓްސް ބްރާއެއް

ރީބޮކް

މިއީވެސް ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މިބްރޭންޑުގައި އަލަށް ނިކުތް ސްޕޯޓްސް ބްރާގައި ބާރަށް ދުވާ މީހުންނަށް ފަސޭހަގޮތަކަށް ހަދާފައި ހުންނަ ބްރާއެއް ހުރެއެވެ. އެބްރާ އަޅައިގެން އުޅޭއިރު ބޭނުންގޮތަކަށް ބާރުކޮށް ނުވަތަ ދޫކުރެވެން ހުރެއެވެ. މިއީވެސް ވަރަށް ގިނަ މީހުންނަށް ކަމުދާނެ ގޮތެކެވެ. މިއީ އަގުގެ ގޮތުން ބަލާއިރު އެހާ އަގުބޮޑު ބްރޭންޑެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0


More from XeeTimes