މަހެއް ތެރޭ ގިނަ އެނދުތަކެއް އޮޕަރޭޝަނަށް، ފަތުރުވެރިކަމަށް 14 އިންސައްތައިގެ އިތުރުވުމެއް

Fri, 29 Mar 2024 11:52 AM

View on this article on Vaguthu

މަހެއް ތެރޭ ގިނަ އެނދުތަކެއް އޮޕަރޭޝަނަށް، ފަތުރުވެރިކަމަށް 14 އިންސައްތައިގެ އިތުރުވުމެއް

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އިތުރު 263 އެނދު ނެރެ، ފަތުރުވެރިކަން 14.2 އިންސައްތައަށް ކުރިއަށް ޖެހިލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.



ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 576،952 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 505،083 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 14.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 1،180 ޓޫރިސްޓް ފެސިލިޓީއިން 62،206 އެނދު ވަނީ އޮޕަރޭޝަނަށް ނެރެފައެވެ. މިދިޔަ މަހު 1،164 ޓޫރިސްޓް ފެސިލިޓީއަކުން އޮޕަރޭޝަނަށް ނެރުނު އެނދުގެ އަދަދު ހުރީ 61،943 ގައެވެ. އެހެންކަމުން މަސްދުވަސް ތެރޭގައި 263 އެނދު ވަނީ އިތުރުވެފައެވެ.

އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައިވާ އަތޮޅުތަކަކީ:

  • ކ. އަތޮޅު - 7075 އެނދު
  • އއ. އަތޮޅު - 1،982 އެނދު
  • އދ. އަތޮޅު -1،354 އެނދު
  • ބ. އަތޮޅު - 1،038 އެނދު
  • ވ. އަތޮޅު - 716 އެނދު

ތަފާސްހިސާބުތަކަށް ބަލާއިއރު މިހާތަނަށް އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކަކީ 175 ރިސޯޓާއި 843 ގެސްޓުހައުސާއި 147 ސަފާރީއާއި 15 ހޮޓެވެ.



More from Vaguthu