ބޮޑު ޗުއްޓީގައި ޕީޖީ އޮފީހުގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަނީ

Sun, 28 Apr 2024 10:48 PM

View on this article on Vaguthu

ބޮޑު ޗުއްޓީގައި ޕީޖީ އޮފީހުގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަނީ

ބޮޑު ޗުއްޓީގައި ޕީޖީގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.



ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ވަގުތު" އަށް މިރޭ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެގޮތަށް ނިންމެވީ މުވައްޒަފުންނަށް ވީހާވެސް ގިނަ ވަގުތު އާއިލާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

މުވައްޒަފުން އެގޮތަށް މަސައްކަތް ކުރިޔަސް އޮފީހުގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއިރު، "ސްޕީޑަށް" ވެސް ބަދަލު ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މުވައްޒަފުން އެ ދުވަހު ގަޑިއަށް އޮފީހަކަށް ރިޕޯޓް ކުރާކަށް ނުޖެހޭނެ، އެހެންނަމަވެސް ރަސްމީ މީޓިންގްއެއް އޮތަސް ކޯޓަށް ދާން ޖެހުނަސް އެކަން އެ މުވައްޒަފުން ކުރާނެ، އަދި މުވައްޒަފުން އެކަކު އަނެކަކަށް އެހީތެރި ވެސް ވާނެ، އޮފީހަށް ނައިސް އެ މުވައްޒަފަކަށް ގޭގައި މަސައްކަތް ކުރެވޭނަމަ ހަމަ ކުރާނީ ގޭގައި،". ޝަފީއު ވިދާޅުވިއެވެ.

މުވައްޒަފުން 4 ދުވަހު މަސައްކަތް ކުރުމުގެ އުސޫލަކީ އޮފީހުގައި އޮންނަ އުސޫލެއްކަން ވެސް ޝަފީއު ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރަކު ދެ ފަހަރު، ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމުގެ ބަދަލުގައި، 4 ދުވަހު މަސައްކަތްކުރާ އިންތިޒާމް ޕީޖީ އޮފީހުން ހަމަޖެއްސީ މިދިޔަ އަހަރެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މިތަޞައްވަރު ޙާޞިލުކުރުމަށްޓަކައި، މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، އެއްބާރުލުންލިބޭ، އުފާވެރި، ހިތްހަމަޖެހޭ މާޙައުލަކަށް ހަދަންޖެހެއެވެ. މަސައްކަތުގެ މާޙައުލު އެކުލެވިގެންވަނީ މުވައްޒަފުންގެ މައްޗަށެވެ. ވީމާ، މުވައްޒަފުންގެ އިޖްތިމާޢީ، އިޤްޠިޞާދީ، ރޫޙާނީ، ޖިސްމާނީ އަދި ޢާއިލީ ދުޅަހެޔޮކަން ރަނގަޅުވެގެން މެނުވީ، މަސައްކަތުގެ މާޙައުލު ރަނގަޅެއް ނުކުރެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

 



More from Vaguthu