ޓެކްސީކުރުމަށް ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އަލުން ހަދައިފި

Sat, 21 Sep 2024 02:10 PM

View on this article on ThePress.mv

ޓެކްސީކުރުމަށް ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އަލުން ހަދައިފި

ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކުރުމުން ނޫނީ ޓެކްސީކުރަން ހުއްދަ ނުދޭ ގޮތަށް ޓެކްސީގެ ގަވައިދު އަލުން އޮތް ގޮތަށް ބަދަލުކޮށްފިއެވެ.



މީގެ ދެ އަހަރުކުރިން ގެޒެޓުކުރި ޓެކްސީ ގަވައިދުގައިވާ ގޮތުން، ޓެކްސީކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ޓެކްސީ ސެންޓަރެއްގައި ކާރު ރަޖިސްޓްރީކުރަން ޖެހެއެވެ. ނަމަވެސް ސެންޓަރެއްގައި ކާރު ކޮންމެހެން ރަޖިސްޓްރީކުރަން ނުޖެހޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭ ގަވައިދު އިސްލާހުކުރިއެވެ.

އެ އިސްލާހުގެ ދަށުން ޓެކްސީކުރުމުގެ ހުއްދަ ޑިޖިޓަލް ލައިސެންސެއްގެ ގޮތުގައި ހައްދައިދިނުމުގެ އިހްތިޔާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަނީ ދީފައެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު މިނިސްޓްރީން ވަނީ، ޓެކްސީ ގަވައިދުގައި އިހު އޮތް ގޮތަށް ގަވައިދު ބަދަލުކޮށްފައެވެ. މީގެ އިތުރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށް ވާން ވާނެ ކަމަށް ވެސް، އެންމެ ފަހުން ގެނައި އިސްލާހުގައިވެއެވެ.

އެހެންކަމުން، ރާއްޖޭގައި ޓެކްސީގެ ހިދުމަތްދޭ ޕްރައިވެޓް ކާރުތައް ވެސް ޓެކްސީކުރުމަށްޓަކައި ދެން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.



More from ThePress.mv