ރާއްޖެ އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތެއް ބޭނުން ނުކުރުމަށް އަންގައިފި

Sat, 27 Apr 2024 05:37 PM

View on this article on ThePress.mv

ރާއްޖެ އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތެއް ބޭނުން ނުކުރުމަށް އަންގައިފި

ދިވެހިރާއްޖެ އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތްތަކެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބޭނުން ނުކުރުމަށް އަންގައިފިއެވެ.



ސިންގަޕޫރުގެ ފުޑް އޭޖެންސީއެއް އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީ އިން ބުނީ އިންޑިއާގެ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑުގެ ހަވާދުގައި އެތިލިން އޮކްސައިޑް ހުރިކަމަށާއި އެ ޕްރޮޑްޓަކީ ބޭނުން ކުރުން ރައްކާތެރި އެއްޗަކަށް ނުވާތީ އެ ބޭނުން ނުކުރުމަށް އިލްތިމާޒު ކޮށްފައެވެ.

އެތިލިން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް ބޭނުން ކުރުމަކީ ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ.

މި އުފެއްދުންތަކަކީ އެ ބްރޭންޑުގެ މެޑްރާސް ކަރީ ޕައުޑާ، ފިޝްކަރީ މަސާލާ، ސާމްބާރް މަސާލާ އަދި ކަރީ ޕައުޑާ މިކްސްޑް މަސާލާއެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަވާދުގެ ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ރައްކާތެރިކަމުގެ ގޮތުން އެ ބާވަތްތައް ދިވެހިރާއްޖެ އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެކުރިންވެސް އެމް.ޑީ.އެޗް ބްރޭންޑްގެ އުފެއްދުންތަކެއްގައި ނުރައްކާތެރި ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ބުނެފައެވެ. ސެލްމޮނެއްލާގެ އަސަރު ހުރި ކަމަށް ބުނެ ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިރުޝާދު ދިން އުފެއްދުންތަކަކީ، އެމް.ޑީ.އެޗް ބްރޭންޑްގެ ސަމްބާރު ޕައުޑަރު ޕެކެޓްތަކެކެވެ.

ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ އެކަމުގެ ނުރައްކާ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. މީގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެސް މި ބެކްޓީރިއާގެ ނުރައްކާ ބޮޑެވެ.



More from ThePress.mv