ހުޅުމާލެ އިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

Thu, 09 May 2024 07:44 PM

View on this article on ThePress.mv

ހުޅުމާލެ އިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ފޭސް 2 އިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން މިއަދު ހުޅުވާލައިފިއެވެ.



އެޗްޑީސީން ބުނީ ހުޅުމާލެއިން ދިރިއުޅުމަށް ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1864-2408 އަކަފޫޓު ކަމަށެވެ.

އެޗްޑީސީ އިން ބުނީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެ މަރުހަލާ ތަކަކީ:

  1. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުން
  2. ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން

އެޗްޑީސީ އިން ބުނީ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.



More from ThePress.mv