ނައިފަރު ދާއިރާއަށް އިންތިހާބުވި އަމިއްލަ މެންބަރު، ޔާސީން ޕީއެންސީއަށް!

Wed, 24 Apr 2024 11:25 AM

View on this article on ThePress.mv

ނައިފަރު ދާއިރާއަށް އިންތިހާބުވި އަމިއްލަ މެންބަރު، ޔާސީން ޕީއެންސީއަށް!

ނައިފަރު ދާއިރާއަށް އިންތިހާބުވި އަމިއްލަ މެންބަރު ޔާސީން އަބްދުﷲ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.



ޔާސީން ސޮއިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައެވެ.

އެކަމާ ގުޅިގެން ޔާސީންގެ ކެމްޕެއިން އެޖެންޓް ޒަކަރިއްޔާ ރިމްޒާން ވިދާޅުވީ ޔާސީން ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ ރައީސް މުއިއްޒުގެ އެދިލެއްވި ގޮތަށް ޝަރުތަކާ ނުލާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ ބޭނުންވަނީ ނައިފަރަށް ތަރައްގީ ކަމަށާއި ހުއްޓިފައިވާ ނައިފަރު ތަރައްގީ ހަލުވިކޮށް ވައުދުވެފައިވާކަން ކަން ވަގުތުން ފެށުން ކަމަށެވެ. އަދި ރައްޔިތުން އެދޭކަންކަންވެސް ކުރެވެން އޮތީ ސަރުކާރުގެ ފުރިހަމަ، އެއްބާރުލުން ލިބިގެން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހުވެސް ބުނީން ސައްކުވެސް ނުކުރައްވާށޭ ޔާސީންގެ ގޮނޑި ރައީސް މުއިއްޒަށް ވެދުމަށް އަރުވާނަމޭ"
ޔާސީން

ޔާސީންއަކީ މިހާރުވެސް ޅ އަތޮޅު ކައުންސިލްގެ ރައީސްވެސް މެއެވެ. ޔާސީން އެ މަގާމަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް މެޖޯރިޓީ ލިބުން ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައިވެސް ޔާސީން ބައިވެރިވެވަޑައިގެންނެވިއެވެ.



More from ThePress.mv