އަޖޭގެ ޝައިތާން މިހާރު ނެޓްފްލިކްސް އިން ބެލޭނެ

Mon, 06 May 2024 08:52 AM

View on this article on ThePress.mv

އަޖޭގެ ޝައިތާން މިހާރު ނެޓްފްލިކްސް އިން ބެލޭނެ

އިންޑިއާގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ޝައިތާން" ނެޓްފްލިކްސްގައި ސްޓްރީމްކޮށްފިއެވެ.



މާޗު މަހު ތިއޭޓާތަކުގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ ފިލްމު "ޝައިތާން" އަކީ 65 ކުރޯޑުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 211 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. މަޝްހޫރު ޑައިރެކްޓަރު ވިކާސް ބާލް ގެނެސްދިން މި ފިލްމަކީ ސިހުރު ހާހޫރައިގެ ސަބަބުން އާއިލާއެއްގެ ހަމަޖެހުން ގެއްލި، ކުރިމަތިލާން ޖެހޭ ބޮޑުކަންތައް ގަނޑެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އަޖޭގެ އިތުރުން ފެނިގެން ދިޔައީ އާރް މާދްވަން އާއި ދެކުނު އިންޑިއާގެ ފިލްމުތަކުން ފެނިގެންދާ ބަތަލާ ޖޯތިކާއެވެ. ބަތަލާ ޖޯތިކާ އަކީ ފިލްމުގައި އަޖޭގެ އަންހެނުންނެވެ. އަދި މާދްވަން އަކީ ސިހުރުހަދާ މީހާގެ ރޯލުން ފެނިގެންދިޔަ އެކްޓަރެވެ.

އެކްޓަރު އަޖޭ އެންމެ ފަހުން ފެނިގެންދިޔައީ "މައިދާން" އިންނެވެ. މި ފިލްމަކީ އިންޑިއާގެ މި ޖީލުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުގައި އަޖޭ އާއެކު ހަރަކާތްތެރިވި ތަރިންނަކީ ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދްރަނިލް ގޯޝް އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ. މި ފިލްމު އުފެއްދީ 51 ކުރޯޑުގެ ބަޖެޓަކުންނެވެ.



More from ThePress.mv