އަދާލަތު ޕާޓީގެ ކެންޑިޑޭޓު ހަމީދުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް މަމްދޫހަށް

Fri, 19 Apr 2024 06:00 PM

View on this article on ThePress.mv

އަދާލަތު ޕާޓީގެ ކެންޑިޑޭޓު ހަމީދުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް މަމްދޫހަށް

20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި އިސްމާއީލް ހަމީދު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ތާއީދުކުރަން ނިންމަވައިފިއެވެ.



އިސްމާއީލް ހަމީދު ވިދާޅުވީ ފުނަދޫ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް އެންމެ ފަހި ގޮތަކީ، ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާ ތަމްސީލުކުރުން ކަމަށް ފެނިވަޑައިގަންނަވާތީ ޕީއެންސީގެ ކެންޑިޑޭޓު މަމްދޫހަށް ތާއީދު ކުރައްވަން ނިންމެވި ކަމަށެވެ. އޭނާއަށް ތާއީދުކުރާ އެންމެން މަމްދޫހަށް ވޯޓު ދޭން ވެސް ހަމީދު އެދިވަޑައިގެންނެވިއެވެ.

ފުނަދޫ ދާއިރާއަށް ޖުމުލަ ފަސް ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ ހަމީދާއި މަމްދޫހުގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހްމަދު، ޑިމޮކްރެޓްސްގެ ފަރާތުން އަބްދުލްހަންނާން ހުސައިން އަދި އަމިއްލަ ގޮތުން އަހްމަދު އިބްރާހިމްފުޅެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 386 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.

މަޖިލިސް އިންތިހާބުގައި ޖުމުލަ 361،139 މީހަކަށް ވޯޓު ލެވޭއިރު އެއީ 145،302 އަންހެނުންނާއި، 361،139 ފިރިހެނުންނެވެ. ޖުމުލަ 602 ފޮށި ބަހައްޓަން ނިންމާފައިވާއިރު އަތޮޅުތެރޭ ބަހައްޓަން ހަމަޖެހިފައިވަނީ 319 ފޮއްޓެވެ.



More from ThePress.mv