ސަރުކާރުގެ ކޮންމެ ވުޒާރާއެއްގައި މަހަކު 1 ފަހަރު ޕްރެސް ކޮންފެރެންސެއް ބާއްވާނެ: ހީނާ

Thu, 02 May 2024 05:18 PM

View on this article on ThePress.mv

ސަރުކާރުގެ ކޮންމެ ވުޒާރާއެއްގައި މަހަކު 1 ފަހަރު ޕްރެސް ކޮންފެރެންސެއް ބާއްވާނެ: ހީނާ

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.



ހީނާ ވިދާޅުވީ ސިޓީތަކާއި ކައުންސިލް ތަކާބެހޭ ވުޒާރާއިން ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެ ކަމަށާއި މި މަސައްކަތަކީ ވުޒާރާތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނެއުމަށް މަސައްކަތް ކުރުން ކަމަށެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުން ލިބުނު 'ސުޕާ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށާއި އިދިކޮޅުން ތުހުމަތު ކުރާ ފަދައިން އެއްވެސް ހާލެއްގައި ސުޕަ މެޖޯރިޓީގެ ފައިދާ ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމަށެވެ.

އެއާއެކު ސަރުކާރަށް މެޖޯރިޓީ ލިބުމާ ގުޅިގެން މީގެ ކުރިންވެސް ސަރުކާރުން ވަނީ މައިނޯރިޓީއަށް އިހުތިރާމް ކުރާނެކަން ހާމަ ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފެއިލްވި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެން ދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކުރިތަން ކަމަށެވެ.



More from ThePress.mv