ފޭކު ސްލިޕެއް ފޮނުވައި، 28،000 ރުފިޔާ ހޯދި މީހަކު ހައްޔަރު

Fri, 18 Oct 2024 09:13 PM

View on this article on Sun Online

ފޭކު ސްލިޕެއް ފޮނުވައި، 28،000 ރުފިޔާ ހޯދި މީހަކު ހައްޔަރު

ޑޮލަރު ވިއްކާ ކަމަށް ބުނެ، ފޭކު ސްލިޕެއް ފޮނުވައިގެން އޮޅުވާލައިގެން 28،000 ރުފިޔާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.



މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ގ. ސިނަމާލެ، 13-05 ޒައިދާން މުޙައްމަދު ހާޝިމެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުކޮށްފައެވެ.

އެ ކޯޓުން ނެރެފައިވާ އަމުރުން އެނގޭ ގޮތުގައި، ޒައިދާން ވަނީ ޑޮލަރު ވިއްކާ ކަމަށް ބުނެ، ސައްޙަ ނޫން ސްލިޕެއް ފޮނުވައިގެން، މަކަރާއި ހީލަތް ހަދައިގެން 28،000އަށް ވުރެ ގިނަ ފައިސާ ހޯދާފައެވެ.

އެގޮތުން، ހާޝިމްގެ އެ ފައިސާއިން އެއްބައި އަނބުރާ ރައްދުކޮށްފައިވާއިރު، ހާޝިމްގެ އާއިލާއިން އެ ފައިސާ އެއްކޮށް އަނބުރާ ދިނުމަށް އެއްބަސްވެފައިވާ ކަމަށް ގެއްލުން ލިބުނު ފަރާތުގެ ބަޔާނާ ހަވާލާދީ އަމުރުގައި ބުނެފައިވެއެވެ.

މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން ފައިސާ ހޯދުމާއި، ނުހައްގުން އެކި ޒާތްޒާތުގެ މަންފާތައް ލިބިގަތުމަކީ ރާއްޖޭގައި ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލަތެކެވެ. މި ފަދަ ކުށްތަކަށް އަރައިގަންނަނީ އެކި ދުވަސްވަރު ދަނީ އެކި ކުޅުތައް ބޭނުންކޮށްގެންނެވެ.

އޮޅުވާލައިގެން ސައްހަ ނޫން ބޭންކް ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން މި ފަހުން ބުނެފައިވެއެވެ.



More from Sun Online