އެންމެ މޮޅު އެތްލީޓުންނަށް ދީމާއާއި ޝައްފާން

Thu, 17 Oct 2024 11:53 PM

View on this article on Sun Online

އެންމެ މޮޅު އެތްލީޓުންނަށް ދީމާއާއި ޝައްފާން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ އަދި ފިރިހެން އެތުލީޓަކަށް މުޙައްމަދު ޝައްފާން އިސްމާއީލް ހޮވިއްޖެއެވެ.



މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެވޯޑު ހަފުލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

މިއަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ދީމާ ހޮވިފައިވާއިރު މިއީ އެ އެވޯޑް އޭނާ ހާސިލްކުރި ދެވަނަ އަހަރެވެ.

'ސްޕޯޓްސްވުމަން އޮފް ދި އިޔާ ސިލްވާ' ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގު ހާސިލުކުރިއިރު، 'ސްޕޯޓްސްވުމަން އޮފް ދި އިޔާ ބްރޮންޒް' ޙާސިލުކުރީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގެވެ.

ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި އަހަރުގެ އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

'ސްޕޯޓްސްމަން އޮފް ދި އިޔާ ގޯލްޑް' ޝައްފާން ހޯދިއިރު، 'ސްޕޯޓްސްމަން އޮފް ދި އިޔާ ސިލްވާ' ހާސިލުކުރީ އަޒްނީން ރަޝާދެވެ. އަދި 'ސްޕޯޓްސްމަން އޮފް ދި އިޔާ ބްރޮންޒް' ހޯދީ ނިބާލް އަޙްމަދެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާއިން އެވޯޑު ދިނުމަށް މިރޭ ބޭއްވި ހަފުލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ ނައިބު ހުސައިން މުޙައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ދައުލަތުގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.



More from Sun Online