މާލޭ ސަރަހައްދުގެ ކަރަންޓުން ގުޅާލަން ޗައިނާ ކުންފުންޏަކަށް

Wed, 16 Oct 2024 12:47 PM

View on this article on Sun Online

މާލޭ ސަރަހައްދުގެ ކަރަންޓުން ގުޅާލަން ޗައިނާ ކުންފުންޏަކަށް

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި އެއް ކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ސްޓެލްކޯއިން ޗައިނާގެ ޓީބީއީއޭ ގްރޫޕާ މިއަދު ހަވާލުކޮށްފިއެވެ.



މިކަމާ ގުޅިގެން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި އެއްބަސްވުމުގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނަކުން ގުޅާލާނެކަމަށެވެ. މި ނެޓްވޯކުގެ ސަބަބުން އެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ ގުޅަން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ސްޓެލްކޯ

އެ ސަރަހައްދަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމްކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ ގުޅާލުން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ސްޓެލްކޯ

މީގެ އިތުރުން، ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓާ ރަހުމަތްތެރި ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. ސްޓެލްކޯއިން ގާއިމްކުރާ ފިއުލް ޕަވާ ޕްލާންޓުން ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެއެވެ.

މި މަސައްކަތާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުން ފުޅަށް ޝުކުރު އަދާކުރައްވައިފައެވެ.



More from Sun Online