ވޭޕް މަނާކުރުމަކީ ޖީލުތައް ރައްކާތެރިކުރުން: ސިއްހީ ދާއިރާ

Wed, 16 Oct 2024 01:05 AM

View on this article on Sun Online

ވޭޕް މަނާކުރުމަކީ ޖީލުތައް ރައްކާތެރިކުރުން: ސިއްހީ ދާއިރާ

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމަކީ އަންނަން އޮތް ޖީލުތައް ރައްކާތެރި ކުރުން ކަމަށް ބުނެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ޝުއޫރުފާޅުކޮށްފިއެވެ.



ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ފިޔަވަޅު އެންގެވުމަށް އަންގަވާފައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީ ------

https://sun.mv/197917

އެ ނިންމެވުމާ ގުޅިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީ ވިދާޅުވީ، ވޭޕާ ހެދި އެޑިކްޝަންގެ ކަންތައްތައް އިތުރުވާ ކަމަށާއި ކުޑަކުދިން ވޭޕް ބޭނުން ކުރުމަށް ވެސް މައިންބަފައިން ހުރަސް ނާޅާ ކަމަށެވެ.

އެކަމުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ކުދިން ނިކޮޓިންއަށް ދެވިހިފައި އެހެން މާއްދާތަކަށް ދިމާލަށް ދެވޭ ގޮތްވާ ކަމަށް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

"މިކަންތައްތައް ބޭންކުރެއްވިއްޖެ ކަމަށްވާނަމަ އެންމެ ބޮޑަށް އަޅުގަނޑުމެނަށް މި ޕްރޮޓެކްޓު ކުރެވެނީ އަޅުގަނޑުމެންގެ ކުޑަކުދިން. އަންނަން އޮތް ޖީލުތައް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެނަށް މި ލިބުނު ކުރިއެރުމަކީ އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑރ. މުޙައްމަދު އިފްހާމް ----

https://sun.mv/197936

ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑރ. މުޙައްމަދު އިފްހާމް ރައީސްގެ ނިންމެވުމާ ގުޅުވައި ވިދާޅުވީ، އެ ނިންމެވުމަށް ވަރަށް ތާއިދު ކުރައްވާ ކަމަށެވެ. އެގޮތުން، ވޭޕް ބޭނުންކޮށްގެން ފުއްޕާމެއަށް އަސަރުކޮށްގެން ބައެއް މީހުން ފަރުވާ ހޯދަން އައިސްފައިވާ ކަމަށާއި ނިންމެވުމާއެކު އަންނަން އޮތް ޖީލުތައް ރައްކާތެރިކުރެވޭނެ ކަމަށް އިފްހާމް ސިފަކުރެއްވިއެވެ.

މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި، ވޭޕް މަނާ ކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ފަޚުރުވެރިވާ ކަމެކެވެ.

"މީގައި އެންމެ ކަންބޮޑުވާ ކަމަކީ ޒުވާނުންނަށް ވަރަށް އެޕީލިން ކަހަލަ ގޮތަކަށް ވޭޕްގެ އެއްޗެހިތައް އުފައްދާ، އެ ރަހަތަކާ އެ ޕްރޮމޯޓުކުރުމުގައި ބޭނުންކުރާ އުކުޅުތައް. އެންމެ ބޮޑު ނުރައްކަލަކީ ވަރަށް މަތީ މިންވަރަކަށް ނިކޮޓިން ވޭޕްގަ އެބަ ހިމެނޭ." އެ މުވައްޒަފު ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފެއް -----

އެ ނިކޮޓިންގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންގެ ސިކުނޑިއަށް މައްސަލަތައް ދިމާވާ ކަމަށާއި ދެވި ހިފުމުގެ އާދަ ހިފުމަށް މަގުފަހިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އޭގެތެރޭގައި ހަނދާން ނެތުމާއި ކޮންސެންޓްރޭޓް ނުކުރެވުމާއި ފުއްޕާމޭގެ މައްސަލަތައް ދިމާވާކަން އެ މުވައްޒަފު ވަނީ ފާހަގަކޮށްފައެވެ.

އޭގެއިތުރުން، އައިޖީއެމްއެޗް މަސައްކަތް ކުރާ މުވައްޒަފަކު ސިފަކުރި ގޮތުގައި، ކުޑަކުދިން ވޭޕް ބޭނުން ކުރަމުން އަންނަނީ އޭގެ ނުރައްކާ އެކުދިންނަށް ނުވިސްނޭތީއެވެ. އެގޮތުން، ވޭޕް ނުވަތަ އީ ސިނގިރޭޓް އެތެރެކުރުން މަނާކުރެވިއްޖެ ނަމަ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަން އެ މީހާ ވަނީ ފާހަގަކޮށްފައެވެ.



More from Sun Online