ސިފްކޯ ހިޔާގެ ފްލެޓުތައް ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނަން: އެމްއެންޑީއެފް

Mon, 29 Apr 2024 01:34 PM

View on this article on Raajje.mv

ސިފްކޯ ހިޔާގެ ފްލެޓުތައް ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނަން: އެމްއެންޑީއެފް

ސިފްކޯ ހިޔާގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.



ސިފްކޯ ހިޔާއިން ފްލެޓު ލިބިފައިވާ ބައެއް މީހުން ވަނީ އެތަންތަން ކުއްޔަށް ދޭން ފަށާފައެވެ. އެކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިމައްސަލަ ފެންމަތިވުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ސިފްކޯ ހިޔާގެ ބައެއް ފްލެޓުތައް ކުއްޔަށް ދެމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއްބަސްވުމާއި ހިލާފަށް ކުއްޔަށް ނުދިނުމަށް އަންގާފައިވާ ކަމަށެވެ. އަދި އެއްބަސްވުމާއި ހިލާފަށް އަމަލުކުރާނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާ ފްލެޓް ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފުލެޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ. 

މިމަޝްރޫއު އެއްކޮށް ނިންމައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.



More from Raajje.mv