ނައިފަރު ޗެލްސީ ސެމީއާ ގާތަށް، ކުޑަފަރި އަތުން މަނަދޫއަށް ފަސޭހަ މޮޅެއް

Mon, 29 Apr 2024 11:18 AM

View on this article on Raajje.mv

ނައިފަރު ޗެލްސީ ސެމީއާ ގާތަށް، ކުޑަފަރި އަތުން މަނަދޫއަށް ފަސޭހަ މޮޅެއް

ކެނދިކުޅުދޫ ކައުންސިލުން އެރަށުގައި ކުރިއަށްގެންދާ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕްގައި ޅ.ނައިފަރު ޗެލްސީން އުނދަގޫ މޮޅަކާ އެކު ސެމީއާ ގާތަށް ޖެހިލިއިރު, ކުޑަފަރި އަތުން މަނަދޫން ފަސޭހަ މޮޅެއް ހޯދައިފި އެވެ.



މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމް ކަމަށްވާ ނައިފަރު ޗެލްސީން ސެމީގެ ފުރުޞަތު ބޮޑުކުރީ 1-0 ން ނ.ހެނބަދޫ ޑީ ޓޫ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުން ނައިފަރު ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެެހީ ބަދަލަކަށް ނިކުމެ އިބްރާހީމް ހާނިފެވެ. މިހާތަނަށް ކުޅުނު ތިން މެޗުވެސް ނައިފަރު ޗެލްސީން ވަނީ ކާމިޔާބުކޮށްފައެވެ. 9 ޕޮއިންޓާއެކު އެޓީމް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ.

މަނަދޫ ސްޕޯރޓްސް ކްލަބުން ވަނީ އެއަތޮޅު ކުޑަފަރި އަތުން ފަސޭހަ މޮޅެއް ހޯދާފައެވެ. މެޗު މަނަދޫ ޓީމުން ކާމިޔާބުކުރީ 6-1 ނެވެ. މެޗު ބޮޑު ތަފާތަކުން މަނަދޫން ކާމިޔާބުކުރީ އަހުނަސް އަހުމަދު ފަހީމްގެ ލަނޑުން ކުޑަފަރި ޓީމުން ކުރި ހޯދާފައި ވަނިކޮށެވެ. މެޗުގައި މަނަދޫ ޓީމްގެ ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ އަލީ ނަސީމް ވަނީ ހެޓްރިކް ހަދާފައެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރައުފަތު އަބޫބަކުރު އެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ މާނިއު އެވެ. މިބައްޔާއެކު ކުޑަފަރި އަށް ވަނީ ކުރިއަށް ދިއުމުގެ ފުރުޞަތު ބަންދުވެފައެވެ.

މަނަދޫ ވަނީ ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައެވެ.



More from Raajje.mv