މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

Wed, 24 Apr 2024 06:34 PM

View on this article on Raajje.mv

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހުގެ އިމްޕޯޓް އެކްސްޕޯޓް އާމްދަނީ ދަށަށް

މިދިޔަ މާޗް މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނީ 320 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.



ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި މާރިޗު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި މާރިޗު މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ ދަށްފައެވެ. 2023 ވަނަ އަހަރުގެ މާރިޗު މަހު 330 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 320 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޯރ އެވެ. އޮމާން އިން 777 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަިވާއިރު، އިންޑިއާ އިން 763 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 671 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 440 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޯ އިން 401 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

2024 މާރިޗު މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 18,765,826.86 ރުފިޔާއެވެ.



More from Raajje.mv