އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

Wed, 24 Apr 2024 05:12 PM

View on this article on Raajje.mv

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.



އެކްސްގައި ޕީއެންސީން ކޮށްފައިވާ ޕޯސްޓްގައި ވަނީ މުލިއާގޭގައި އެ ބޭފުޅުން ރައީސްއާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ޕާޓީއަށް އެބޭފުޅުން "ސޮއި ކޮށްފައިވާ" ކަމަށް ހާމަކޮށްފައެވެ. އެހެންނަމަވެސް މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ދަފްތަރުގައި ނަން އޮތް ބޭފުޅުންނެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަނީ:

- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް

- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު

- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު

- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް

- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ

- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް

މީގެ ތެރެއިން އަލަށް ޕީއެންސީ އަށް ސޮއިކުރެއްވީ އަހުމަދު ރިޔާޒު އެކަންޏެވެ.

މި ހަ މެންބަރުން ވެސް އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނާ ވެސް ވާދަކުރައްވައެވެ. ނަމަވެސް މި މެންބަރުން ވާދަކުރައްވާފައިވަނީ ސަރުކާރު ނުވަތަ ޕީއެންސީގެ ތާއީދުގައެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ކެންޑިޑޭޓުން ކާމިޔާބުކުރައްވާފައި ވާއިރު، ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރައެވެ.

ވިހި ވަނަ މަޖިލިސް ހުވާކުރާނީ މެއި 28 ގައެވެ.



More from Raajje.mv