ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

Wed, 24 Apr 2024 09:00 AM

View on this article on Raajje.mv

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.



ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ބުދަ ދުވަހުގެ ފަތިހު 5:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި ކާރު ޓޯކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓް ވެފައިވަނީ ސެންޓްރަލް ޕާކް ކައިރިންނެވެ. އަދި ކާރު ފުރޮޅާލާ ކާރު ވަނީ ސެންޓްރަލް ޕާކް ތެރެއަށް ވަދެފައެވެ.



More from Raajje.mv