އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު އިންޑިއާއަށް

Wed, 16 Oct 2024 07:49 PM

View on this article on PSM News

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު އިންޑިއާއަށް

އިންޑިއާގެ ބެންގަލޫރުގައި ބާއްވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު ފުރައިފިއެވެ.

މި މަހުގެ 18-27 ގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސިންގަޕޫރު، ޗައިނީސް ޓައިޕޭ އަދި ބަހްރެއިނެވެ.

ޖުމްލަ 12 ކުޅުންތެރިން ސްކޮޑުގައި ހިމެނޭއިރު ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ހަމްނާ އަބްދުއްރަހުމާނެވެ. ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މަރްޔަމް ޝިނާއަތެވެ.
މުބާރާތަށް ތައްޔާރުވުމުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމު ވަނީ ލަންކާގައި ކޭމްޕުކޮށްފައެވެ. މި ކޭމްޕުގެ ތެރެއިން ޓީމު ވަނީ ލަންކާގެ އެކި ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. މި މެޗުތަކާއެކު މުބާރާތަށް ޓީމު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ނެޓުބޯޅައިން ވަނީ އޭޝިއާގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 10 ވަނައިގައި މީގެކުރިން އޮތް ރާއްޖެ ވަނީ 2022 ވަނަ އަހަރު ރޭންކިންގެ ހަތްވަނައަށް ޖެހިލާފައެވެ. އެއާއެކު މި މުބާރާތުގައި އެންމެ ބޮޑު ޓާގެޓަކީ ރާއްޖޭގެ ރޭންކިން ރަނގަޅުކުރުން ކަމަށް ކޯޗު ބުންޏެވެ.





More from PSM News