ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓާތައް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Wed, 16 Oct 2024 05:22 PM

View on this article on PSM News

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓާތައް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.

އެޗްޑީސީން ވިދާޅުވީ މިހޮޓެލްތައް ތަރައްޤީކުރުމަށް ދޫކުރާއިރު އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށްކަމަށެވެ. ނަމަވެސް، އެކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިމަޝްރޫއަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށްކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ ތަޖްރިބާ ހިމެނެއެވެ.

އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. އަދި މިމަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް www.hdc.mv/announcement ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް [email protected] އިން އިތުރު މައުލޫމާތު ސާފުކުރެވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.





More from PSM News