ސ. މަރަދޫއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

Sat, 21 Sep 2024 05:04 PM

View on this article on PSM News

ސ. މަރަދޫއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީ މަރަދޫއިން މީހަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ވިދާޅުވީ، ސ.މަރަދޫއިން ފިރިހެނަކު ގެއްލިގެން މިއަދު މެންދުނު 13:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މިގޮތުން އޭނާ ރޭގެ 19:00 ހާއިރު ގެއިން ނިކުމެގެންދިޔަ ގޮތަށް ޚަބަރެއް ނުވާކަމަށް ޢާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.





More from PSM News