ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

Sat, 21 Sep 2024 04:50 PM

View on this article on PSM News

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ ވެހެތާނުގޭ، ޢުމުރުން 65 އަހަރުގެ ޢަބްދުﷲ ޞާދިޤް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މިމަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޢަބްދުﷲ ޞާދިޤުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގުރާމު ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންދަނީ މިމައްސަލަ މިހާރު ތަހުގީގުކުރަމުންނެވެ.





More from PSM News