އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

Wed, 24 Apr 2024 03:10 PM

View on this article on PSM News

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ. މި ޖަލްސާ އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. އަދި މިޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން ޤުރުއާނުގެ ފުރަތަމަ 2 ފޮތް އަދި 1 ފޮތް ހިތުދަސްކުރި ޖުމްލަ 38 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިއަހަރު 210 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކޮށްފައިވެއެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭނެއެވެ. އަދި އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. 1006 ކުދިން މިވަގުތު ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.





More from PSM News