ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެވަޑައިގެންފި

Sun, 05 May 2024 11:16 PM

View on this article on PSM News

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ނުރަސްމީ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނުގެ ދެކަނބަލުން ވަނީ މާރިޗު މަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެތެރޭގައި އެމަނިކުފާނު ވަނީ 3 ޤައުމަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެއީ ތުރުކީވިލާތާއި އެކުވެރި ޢަރަބި އިމާރާތާއި ޗައިނާއަށެވެ.

އެކުވެރި އަރަބި ޢިމާރާތަށް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަންނެވިއެވެ.





More from PSM News