މަޖިލިސް އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސް ޕާސަނަކަށް ހީނާ

Fri, 29 Mar 2024 12:01 PM

View on this article on PSM News

މަޖިލިސް އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސް ޕާސަނަކަށް ހީނާ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޗީފް ސްޕޯކްސް ޕާސަނުގެ މަގާމަށް ހީނާ ވަލީދު އައްޔަން ކުރައްވައިފިއެވެ.

ހީނާއަކީ މިހާރުވެސް އެ ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. ހީނާ ގެންދަވަނީ ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމުވެސް އަދާކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 89 ދާއިރާއަކަށް ވާދަކުރެއެވެ. އެކޯލިޝަނުން ވާދަ ނުކުރަނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށެވެ. އެ ދާއިރާތަކަށް ވާދަނުކުރަނީ ލީޑަރުންނަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ކުރިން ޕްރޮގްރެސިވް ކޮންގްރެސް އިން ވަނީ ބުނެފައެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެކޯލިޝަނުގެ ކެމްޕޭން ހަރަކާތްތައް މިހާރު ކުރިއަށްދާއިރު މިހަރަކާތްތަކުގައި އެ ކޯލިޝަނުގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.





More from PSM News