ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

Mon, 18 Mar 2024 12:22 PM

View on this article on Police Life

ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި
ލ. މާވަށުގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --

 



މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިންރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި

 ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

 

ދ. ރިނބިދޫ އާއި ލ. މާވަށް އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

މިމީހުންގެ ތެރެއިން 48 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް 17 ވަނަ ދުވަހު ގއ. ވިލިގިނލިންނެވެ. ވިލިގިނލި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތިން ފެނުނު  މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 27 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ލ. މާވަށުންނެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް 17 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތިން ފެނުނު  މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު  މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ. 

 

ހައްޔަރުކޮށްފައިވަނީ މީހުންގެ ތެރެއިން 26 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ދ. ރިނބިދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ. އެގޮތުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  ރިނބިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ބިޔަރު ދަޅުތަކަކާއި ބިޔަރު ހުސްކޮށްފައިވާ ދަޅުތަކަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނުމާ ގުޅިގެންނެވެ. 

 

 މީގެއިތުރުން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  ރިނބިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަމަ އެދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ކޯޓުއަމެރެއްގެ އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރިނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެމީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. 

 

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ



More from Police Life