ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

Sun, 17 Mar 2024 09:59 AM

View on this article on Police Life

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.



 

މާރިޗު 14ވަނަ ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާ. އިންސިޑެންޓް ނަންބަރު 591082

 

މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެމެވެ.

 

މާރިޗު 16 ވަނަ ދުވަހު މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާ. އިންސިޑެންޓް ނަންބަރު 591291

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެމެވެ.

 



More from Police Life