ހިތާމައާއި ގެއްލުމާއި ކުރިމަތިލުން

Sat, 27 Apr 2024 04:00 PM

View on this article on NewsLab

ހިތާމައާއި ގެއްލުމާއި ކުރިމަތިލުން

ޔާތުގައި ދިމާވާ އެންމެ އުނދަގޫ އެއް ތަޖުރިބާއަކީ ލޯބިވާ މީހެއްގެ ވަކިވުމެވެ. ގެއްލުމާއި ހިތާމައަކީ އިންސާނާގެ ހަޔާތުގެ ތަޖުރިބާގެ ބައެއް ކަމުގައިވީ ނަމަވެސް، ރަހުމަތްތެރިޔަކު، ޢާއިލާގެ މެންބަރަކު ނުވަތަ ބައިވެރިޔަކު ވަކިވެދިޔުމަކީ ވަރަށް ބޮޑު ކަމެކެވެ. ހަމައެއާއި އެކު ހިތާމަކުރުމަކީ މިފަދަ ވަކިވެދިޔުމަކުން އަރައިގަނެ އަމިއްލަ ޙަޔާތާއިގެން ކުރިއަށް ދިއުމުގެ މުހިންމު ބައެކެވެ. ވީމާ، ތިމާ ކަމަކުން އަރައިގަނެ އެކަމާއި ކުރިމަތިލުމަށް މީހާ ތައްޔާރުވުމުގެ މަރުހަލާއަކީ އާދައިގެ ކަމެއް ކަމަށް ހިތައި، އެ އިހުސާސްތައް އިހުމާލުކޮށްގެން ނުވަތަ ބޭރުނުކޮށް ހުރުމަކީ އަހަރެމެން ހަޔާތުގެ ހަގީގަތްތައް ގަބޫލު ނުކުރުން ފަދަ ކަމެކެވެ.



ހިތާމައިގެ އަލާމާތްތަކަކީ ކޮބައި ހެއްޔެވެ؟
ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވުމާއިއެކު، ކޮންމެ މީހެއްވެސް އިހްސާސްތަކާއި ކުރިމަތިލާގޮތާއި ހާއްސަކޮށް ހިތާމަކުރާގޮތް ވެސް ތަފާތެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި އާންމު ގޮތެއްގައި ހިތާމަކުރާ މީހެއްގެ ފަރާތުން ފެންނަ އަލާމާތްތަކަކީ ދިމާވާ ކަމަކާއި ގުޅިގެން މީހާއަށް ނަފްސާނީ ގޮތުން ކުރާ އަސަރުގެ ސަބަބުން ޝޮކް ޖެހުމެވެ. ހަޤީޤަތް އެނގުނު ނަމަވެސް ޤަބޫލުކުރަން ދަތިވެ، އެ އުނދަގޫތަކުގެ ސަބަބުން އެކަނިވެރިކަމާއި ނަފްސާނީ ގޮތުން ނުތަނަވަސްކަން އިހުސާސް ކުރެވުމެވެ. މީގެއިތުރުން ބިރުވެރިކަމާއި ކުށްވެރިކަމަކީ ހިތާމައިގެ އެހެނިހެން ޢާންމު އަލާމާތްތަކެވެ. ބައެއް މީހުން ހިތާމައާއި ކުރިމަތިލާއިރު ފެންނަ އަލާމާތަކީ އަމިއްލަ ނަފްސު ކުށްވެރިކުރުމާއި ރުޅިވެރިކަމެވެ.

ހިތާމައިގެ އަސަރު ޖިސްމާނީ ގޮތުން ވެސް ކޮށްފާނެއެވެ. އެގޮތުން އެމީހުންގެ ނަފްސާނީ ހާލަތުގެ ސަބަބުން ހަށިގަނޑުން ދޭ އިޖާބައެއްގެ ގޮތުގައި ތަފާތު ބަލިތަކުގެ އަލާމާތްތައްވެސް ހިތާމަކުރާ މީހުންގެ ފަރާތުން ފެންނަ ކަމަށް ދާއިރާގެ ތަޖްރިބާ ކާރުން ވަނީ ފާހަގަކޮށްފައެވެ. މިސާލަކަށް، ވަރުބަލިވުމާއި، ގައިގެ އެކި ގުނަވަންތަކުގައި ރިއްސުމާއި، އިންސޮމްނިއާ، އަދި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް މިފަދަ މީހުންގެ ފަރާތުން ފެނުމަކީ އާންމު ކަމެކެވެ.

ހިތާމައާއި ކުރިމަތިލުން
ހިތާމައާއި ގެއްލުމަކީ އެކަމުން އަރައިގަންނަން އުނދަގޫ ކަމަކަށް ވިޔަސް، ހަރުދަނާގޮތެއްގައި ކުރުމަށް ވަގުތު ދީގެން އަމިއްލަ ނަފްސަށް ހިތާމަކުރުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ އިހުސާސްތައް އެހެންމީހުންނާއި ހިއްސާކުރުމުގައި ދަތިތަކާއި ކުރިމަތިލާ މީހުންނަށް ހިތާމައާއި ކުރިމަތިލާންޖެހުމުން އެމީހުންގެ ހިތާމައަށް އެހެން މީހުން ބަލައިނުގަންނާނެކަމުގެ ބިރަށް، އެކަހެރިވެއެވެ. ހިތާމައާއި މާޔޫސްކަމުގެ އިހުސާސްތައް ތިމާއަށް ދިމާވާ ކަންކަމަށް ހައްލު ހޯދައިދޭ އެފަދަ ގޮތްތައް ވިސްނައިދޭ ނުވަތަ ތިމާދެކެ ލޯބިވާ މީހުންނާއި ހިއްސާކުރުމަކީ މިކަމުން އަރައިގަތުމަށް ވަރަށް މުހިންމު ކަމެކެވެ.

މިފަދަ އިހްސާސްތައް އާއިލާގެ މީހުން ނުވަތަ ތިމާއާއި ގާތުގައިވާ މީހުންނާއި ހިއްސާ ނުކުރެވޭނަމަ، މިކަމަށް ހާއްސަ ސައިކޮލޮޖިސްޓުންގެ ލަފާ ހޯދުމަށް ދާއިރާގެ މާހިރުން ވަރަށް ބޮޑަށް ބާރުއަޅައެވެ. ހިތާމަކުރުމަކީ މީހާ އެއްކޮށް ޑްރެއިންވެ ވަރަށް އަވަހަށް ހިތްވަރުގެއްލި ގޮތްހުސްވާ ހާލަތަށް މީހާ ވައްޓާލާ ކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ތިމާ އަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަރުވާތެރިވެ އެކަމަށް މަސައްކަތް ކުރުމެވެ.



More from NewsLab