ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ޙައްޖުމަހަށް ފަހު!

Thu, 09 May 2024 09:58 AM

View on this article on NewsLab

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ޙައްޖުމަހަށް ފަހު!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކުރި ސަލްމާން މިސްކިތް، މި އަހަރުގެ ޙައްޖުމަހަށް ފަހު ހުޅުވާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.



އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް މީޑިޔާތަކައި ހިއްސާކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫށްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ޙައްގުމަހަށް ފަހު ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި  ސައުދީގެ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިސްކިތް ހުޅުވުމުގެ ރަސްމިޔާތުގައި ސައުދީ އަރަބިއާއިން އިސްލާމީ ޝަހުސިއްޔަތަކަށް ދައުވަތު އަރުވައިގެން ގެނެސް ބައިވެރިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިރާދަކުރެއްވިއްޔާ ހައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މިދަނީ މަސައްކަތް ކުރަމުން – މިނިސްޓަރ

މީގެ އިތުރުން ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅިވިނަމަވެސް ބޭނުންކުރާތާ ގިނަ ދުވަސްވެ،  މިސްކިތުގެ ފިނިކުރާ ނިޒާމް ބަލަހައްޓަން ޖެހޭ ވަރަށް ބެލެހެއްޓިފައި ނެތުމުން އެ މިސްކިތްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި އެމައްސަލަ ހައްލުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި،  މިހާރު އެ ކަމަށް ބޭނުންވާ ބަޖެޓު ހޯދުމުގެ ކަންކަން ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ފިނިކުރާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްފަހު އެކަން ބެލެހެއްޓުމަށް ދިވެހި ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ މަސައްކަތް 2020 ވަނަ އަހަރު އެއްކޮށް ނިންމާލުމަށްފަހު ބޭނުންކުރަން ފަށާފައިވަނީ 2022 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. ނަމަވެސް މިހާތަނަށް އެ މިސްކިތް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.



More from NewsLab