މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާއަރުވަނީ

Fri, 26 Apr 2024 08:22 PM

View on this article on NewsLab

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާއަރުވަނީ

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.



އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގެ ދިރާގު ސަރަޙައްދުގައި މިރޭ 9:30 ހާއިރު ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 3 މިނެޓެއްހާއިރަށް ކުރިއަށްގެންދާ އެ ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ޝަޒީމް ގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ދޭ ކެއުމެއް މިރޭ 9 ޖަހާއިރު ހުޅުމާލެ ދިރާގު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިރޭ ގެ ހަވާގެ ހަރަކާތަކީވެސް މި ކަމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ބެލެވެއެވެ.

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭވެސް

5 މިނިޓަށްހަވާއެރުވިއެވެ.



More from NewsLab