ރާއްޖޭގެ އިގްތިޞާދަށް ދަރަނީގެ ނުރައްކާ ބޮޑު!: ވޯލްޑް ބޭންކް

Thu, 09 May 2024 02:42 PM

View on this article on NewsLab

ރާއްޖޭގެ އިގްތިޞާދަށް ދަރަނީގެ ނުރައްކާ ބޮޑު!: ވޯލްޑް ބޭންކް

ރާއްޖޭގެ އިގްތިސޯދަށް އޮތް ގޮންޖެހުން ބޮޑުވެ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.



އެ ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަދާހަމައިގައި ބުނެފައިވަނީ، މި އަހަރު ރާއްޖޭގެ އިގްތިސޯދަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ، 4.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި އެއީ ކުރިން އަންދާޒާ ކުރެވުނު އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ.

މީގެ އިތުރުން ބޭރުގެ އަދި މާލީ ނާޒުކުކަމުގެ ސަބަބުން ނުރައްކާތައް ކުރިމަތިވެދާނެ ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި ސިނާއަތްތަކަށް ހީނަރުކަމެއް އައިސްފައިވާ ކަން ފާހަގަކޮށް އެ ބޭންކުން ބުނެފައިވަނީ، މިއަހަރު ތެރޭ ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވި ނަމަވެސް، ކޮންމެ ޓޫރިސްޓަކަށް ކުރާ ހޭދަ ކުޑަވުމާއި، މަޑުކުރާ މުއްދަތު ކުޑަވުމަކީ މުޅި ޖީޑީޕީއަށް ކުރާ ހެޔޮ އަސަރުތައް ކުޑަވާނެ ކަމެއް ކަމަށެވެ.

ހަމަ އެޔާއެކު ސަރުކާރުން ސަބްސިޑީ އިސްލާހު ކުރުމުގެ ސަބަބުން ގޭބިސީތަކަށް ލިބޭ ހަގީގީ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ހަރަދާއި އިންވެސްޓްމަންޓްތައް ދަށްވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ގެނައުމަށް ޓަކައި ކޮންމެހެން ވެސް ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި އެ ބޭންކުގެ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ސަރުކާރުން ދާދިފަހުން އިއުލާންކުރި މާލީ ފިސްކަލް ރިފޯމް ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލާއި ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ،  ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި، ސިއްހީ ޚަރަދުގެ އެފިޝެންސީ އިތުރުކުރުމުގެ އިތުރުން، ސްޓްރެޓެޖިކް އިންވެސްޓްމެންޓް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ އިޤުތިޞާދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.



More from NewsLab