އެމްއައިބީގެ ހިއްސާއަކަށް ރެކޯޑް އަދަދެއް

Fri, 26 Apr 2024 05:56 PM

View on this article on NewsLab

އެމްއައިބީގެ ހިއްސާއަކަށް ރެކޯޑް އަދަދެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ރެކޯޑް އަދަދެއް ބަހަން ނިންމައިފި އެވެ.



މި އަހަރު ހިއްސާދާރަކަށް ބަހަން ނިންމީ ހިއްސާގެ ބާޒާރުގައި އެ ބޭންކް ލިސްޓްކުރި ފަހުން ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. އެއީ 2.90ރ. އެވެ.

އެ ރޭޓުގައި ޖުމްލަ 65 މިލިއަން ރުފިޔާ ބަހަން ނިންމައިފައިވެއެވެ.

ފައިދާ ގޮތުގައި ލިބުނު 37 ޕަސެންޓު ހިއްސާދާރުންނަށް ބަހާނީ އެކަން އާންމު ޖަލްސާގައި ހުށަހަޅައި އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަށް ފަހު އެވެ.

އެމްއައިބީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ހިއްސާއަކަށް ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރަށް ވުރުގެ އަދަދަށް ވުރެ 65 ޕަސެންޓު ބޮޑު އަދަދެކެވެ.

އެމްއައިބީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަދަދަކީ އޭގެ ކުރީ އަހަރަށް ވުރެ 56 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަދި މިދިޔަ އަހަރު އެމްއައިބީއަށް އާމްދަނީގެ ގޮތުގައި ލިބުނީ 401 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

މި އަހަރު ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 8 ގެ ނިޔަލަށް ހިއްސާދާރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ 2019 ގަ އެވެ.



More from NewsLab