“އަހާ” ފޯރަމް އަށް ސުވާލު ހުުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

Fri, 26 Apr 2024 05:38 PM

View on this article on NewsLab

“އަހާ” ފޯރަމް އަށް ސުވާލު ހުުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އާންމުންނަށް ވަޒީރުންނާ ސުވުލާކުރެވޭ ގޮތަށް ކުރިއަށް ގެންދާ “އަހާ” ފޯރަމްގެ ތިން ވަނަ ޕްރޮގްރާމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.



ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މި ފަހަރު ބައިވެެރިވެވަޑަިއގެންނަވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ:

  1. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  2. ހޯމް މިނިސްޓަރު އަލީ އިހުސާން
  3. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  4. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
  5. އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު

އެ ޕްރޮގްރާމްގައި ސުވާލުކުރަން ބޭނުން ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އަހާގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވާއިރު، އޭގެ ފަހުން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް ދެވަނަ ފޯރަމެއް މިދިޔަ ފެބްރުއަރީ މަހުވަނީ ބާއްވާފައިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރިން ވަނީ އިއުލާން ކުރައްވާފައެވެ.



More from NewsLab