އުތުރުގެ ސަރަޙައްދަށް ނުދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް އިންޒާރުދީފި

Thu, 18 Apr 2024 05:40 AM

View on this article on Naares

އުތުރުގެ ސަރަޙައްދަށް ނުދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް އިންޒާރުދީފި



ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ނުދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިންޒާރުދީފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާގެ އުތުރަށް ފަލަސްތީނަށް އެނބުރި ނުދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަނެއްކާވެސް އިންޒާރު ދީފައި ވަނީ ނިރުބަވެރި ސިފައިން އާންމުންނަށް އަމާޒުކޮށް ބަޑިޖަހަން ފެށިތާ އެއް ދުވަސް ފަހުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވާ ގޮތުގައި ފަލަސްތީނު މީހުން ތިބެންޖެހޭނީ ޣައްޒާގެ ދެކުނުގައެވެ. އަދި އުތުރު ސަރަހައްދަކީ ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދެއް ކަަމަށްވެސް ބުނެފައި ވެއެވެ.
ޣައްޒާގެ ހޮސްޕިޓަލް އޮތޯރިޓީން ބުނެފައިވާގޮތުގައި އުތުރުން ދާން އުޅުމުގެ ތެރޭގައި އިސްރާއީލު ސިފައިން ފަސް މީހެއްގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. މި ހާދިސާގައި ޝަހީދުވި މީހުންނާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާ އެނބުރި އައި މީހުން ބުނި ގޮތުގައި އުތުރަށް ދަތުރު ކުރަން ބޭނުންވީ ގެދޮރު ގެއްލުނު އިރު ދިރިއުޅެން މަޖުބޫރުވެފައިވާ ކެތްނުކުރެވޭ ފަދަ ހާލަތްތަކާއި ގުޅިގެންނެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 33،500އަށްވުރެ ގިނަމީހުން ޣައްޒާއިން ޝަހީދުވެފައިވާއިރު، 2.3 މިލިޔަނެއްހާ މީހުންވަނީ އެމީހުންގެ އަމިއްލަ ގެދޮރުން ބޭރުކޮށްލެވިފައެވެ. އަދި އެމީހުންގެ ގެދޮރު ސުންނާފަތި ކޮށްލާފައެވެ.



More from Naares